Monday, April 15, 2019

ފުރަތަމަ ޞަފްޙާ



މަރުޙަބާ!!



މިއީ އަޅުގަނޑު މަރިޔަމް ޝާހީނާގެ އަމިއްލަ ބްލޮގެކެވެ.  އަޅުގަނޑަކީ ކިޔަވައިދިނުމުގެ  ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. މި ބްލޮގްގެ އެންމެ ބޮޑު އެއް ބެނުމަކީ ދިވެހިބަސް ކިޔަވައިދިނުމަށްޓަކައި ބޭނުންކުރެވިދާނެ ރިސޯސް، އެހެން މުދައްރިސުންނާ ހިއްސާކުރުމެވެ. އެގޮތުން މި ބްލޮގުގައި ދިވެހިބަސް ކިޔަވައިދޭ މުދައްރިސުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ ރިސޯސްތަކާއި މި ރިސޯސްތައް ބޭނުންކުރާނެގޮތުގެ ފުރިހަމަ މަޢުލޫމާތު ހިމަނާފައިވާނެއެވެ. އެހެންކަމުން މި ބްލޮގަކީ ދިވެހިބަސް ކިޔަވައިދޭ އެންމެހާ މުދައްރިސުންނަށް އެހީއަކަށް ވާނެކަމަށް އުންމީދުކުރަމެވެ.

ބުރަފަތި ލަފްޒު



އަޑުއެހުމުގެ ދޭހަ

ދޭހަ އަޑުއެހުމަށްފަހު ބުރަފަތި ލަފްޒު ހަދާށެވެ. މި މަސައްކަތަކީ ގުރޭޑް 8ގެ ދަރިވަރުންނަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ އަޑުއެހުމުގެ ދޭހައިގެ މަސައްކަތެކެވެ. 

ބުރަފަތި ލަފުޒުގެ އެހީ
ހުރަހަށް:
1. ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ މުހިއްމު އެއް މާއްދާ
3. ހަށިގަނޑުން ފެން މަދުވާނަމަ އަސަރު ކުރާނެ ހަށިގަނޑުގެ ގުނަވަނެއް
5. ހަށިގަނޑުން ފެން މަދުވުމުން ވާ ގޮތެއް
9. ކަރުހިއްކުން ފިލުވާލުމަށްޓަކައި ފެނުގެ ބަދަލުގައި ބޮވިދާނެ އެއްޗެއް

ދިގަށް:
2. ހަށިގަނޑަށް ގިނައިން ފެން ބޭނުންވާ ކަމެއް
4. އެ އެއްޗެއްގެ ސަބަބުން ހަށިގަނޑުން ފެން މަދުވާ އެއްޗެއް
8. ޖޫސް ޕެކެޓްގައި ހިމެނޭ ހަށިގަނޑަށް ގެއްލުން ހުރި މާއްދާއެއް
6. ގިނަ ބަޔަކަށް އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭ ސަބަބެއް.
7. ކަމެއް ކުރުމަށް ނުކުޅެދޭކަން ސާބިތުވާ ބަހެއް
10. އިންސާނެއްގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް އެތެރެ ކުރަންޖެހޭ އެންމެ ކުޑަ މިންވަރު








1.











2.
3.


6. ފަ






9.








7.






8. ކެ





















10.

















5.













ދިވެހިޅެންވެރިކަން

ޅެންވެރިކަމަކީ ބަސް ތަރައްޤީވެގެން އައި މީލާދީ ސަނަތުގެ 4 ވަނަ ޤަރުނުގައި އެންމެ ބާރުގަދަ ޢިލްމީ ހަތިޔާރެވެ. މީހުންނަށް ކަންކަން ދަސްކޮށްދީ ހޭލުންތެރިކުރުވުމަށް ދައްކައި އުޅުނު ވާހަކަތައް ޅެމުން ހާމަކޮށް ޑްރާމާގެގޮތުންނާއި ކިޔައިދެވޭ ވާހަކަތަކުގެ ގޮތުގައި ދުނިޔޭގެ އާބާދީތަކުގައި ވަނީ ހުށަހަޅައިއިދީފައެވެ. އެހެންކަމުން ބަހެއް ދަސްކޮށްދިނުމުގައި، ޚާއްސަކޮށް ބަހެއްގައި ހިމެނޭ އަދަބީ ފަންނު ކުރިއަރުވައި ދިރުވުމުގައި ޅެން ވެރިކަން ކިޔެވުމާއި ކިޔަވައިދިނުމަކީ މުހިންމު ކަމެކެވެ. 

ގްރެފިކް އޯގަނައިޒަރ

ގްރެފިކް އޯގަނައިޒަރ

ތަރައްޤީވެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ބޮޑެތި ސުކޫލުތަކުގައި، އުނގެނުމާއި އުނގަންނައިދިނުމުގައި ގްރެފިކް އޯގަނައިޒަރއަކީ މިހާރު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެވެމުން އަންނަ އުނގެނުމުގެ އެހީއެކެވެ. ޕީޓަރ ޖީ.ކޯލ.އެންޑް ލޯނަރ ކޭ.އެސް.ޗޭން (1994) އޭނާގެ ފޮތެއްކަމަށްވާ "ޓީޗިން ޕްރިންސިޕަލް އެންޑް ޕްރެކްޓިސް ސެކަންޑް އެޑިޝަން" ގައި ގުރެފިކް އޯގަނައިޒަރ އާއި ބެހޭގޮތުން ބުނެފައިވަނީ ގްރެފިކް އޯގަނައިޒަރ އަކީ ވަކި މަޢުލޫމާތެއް، ތަސްވީރެއް ނުވަތަ ޗާރޓެއްގެ ގޮތުގައި ކުދިންނަށް ފަސޭހައިން ދޭހަވާނޭގޮތަށް ދެއްކުމަށްޓަކައި ބެނުންކުރާ ކިޔަވައިދިނުމުގެ އެހީއެއް ކަމަށެވެ.



ތިރީގައި މިވަނީ ގުރޭޑް 8 ގެ ދަރިވަރުންނަށް ދިވެހި ޅެމުގެ ބައިތަކާއި އަދަބީބަސް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގްރެފިކް އޯގަނައިޒަރ އެކެވެ. 


އަދަބިއްޔާތު

މިއީ އެސް.އެސް.ސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ދަސްކުރުމަށްޓަކައި ދެވިދާނެ އަދަބިއްޔާތުގެ ސުވާލާއި ޖަވާބު ކަރުދާހެކެވެ.
އަދަބުގެ ތަޢާރަފް (ސުވާލާއި ޖަވާބު)

1- ދިވެހި ލިޔުންތެރިކަން ބެހިފައިވާ ދައުރުތަކަކީ ކޮބައިހެއްޔެވެ؟
ޖ. އެއީ ޅަފަތުގެ ދައުރާއ، ފިރުކެންފެށި ދައުރާއި، ހިނގައިގަނެވުނު ދައުރެވެ.

2- ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައި، ލިޔުންތެރިކަމާއި އަދަބަށް ޚިދުމަތްކުރުން އޮތީ ކިހިނެއްހެއްޔެވެ؟
ޖ. ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރަކީ ދިވެހި އެންމެ މުސްކުޅި ޒަމާނެވެ. މިދުވަސްވަރުގެ ލިޔުންތައް އެކެއްގެ އަތުން އަނެކެއްގެ އަތަށް ދަނީ ދޫދޫމަތިންނާއި އަތުން ލިޔެގެންނެވެ.

3- ލިޔުމްތެރިކަމުގެ ޅަފަތުގެ ދައުރުގައި ޚިދުމަތްކުރެއްވި ދެ ޚިދުމަތްތެރިއެއްގެ ނަން ލިޔޭ!
ޖ. ބަނޑޭރި ޙަސަން މަނިކުފާނާއި އެދުރު އުމަރު މާފަތްކަލޭފާނެވެ.

4- ޅަފަތުގެ ދައުރުގެ ލިޔުންތަކުން އެންމެ ފަހަގަކުރެވޭ 3 ކަމެއް ލިޔޭ!
ޖ. ބޯދާބަސްތައް ގިނަވުމާއި، ޖުމްލަތަކުގެ ނިމުން "ހުށި" "މެއަ" ފަދަ އަކުރުތަކަށް ނިމފައިހުރުމާއި، ޖުމްލަތައް ދިގުކަމުން ބުނަން އުޅޭ އެއްޗެއް ދޭހަވާން އުނދަގޫވުން.

5- ބަނޑޭރިހަސަން މަނިކުފާނުގެ "ދިޔޯގެ ރައިވަރު" ގެ މައިގަނޑު ހާދިސާއަކީ ކޮބައިކަން ބަޔާންކުރާށެވެ!
ޖ. އެފޮތުގައިވަނީ ދެއަންހެނެއްގެ ދެމެދުގައި ހިނގި ޚިޔާލީ ހަނގުރާމައެއްގެ ވާޙަކއެވެ. އެއީ އިންޑިޔާގެ ދަކަނުގައި ލަކަނޫގައި އިންނެވި ދިޔޯއަކާއި އެފްރިކާގެ މުސިންބީ (މޮޒަންބީކް)
ގައި އިންނެވި ދިޔޯއެކެވެ.

6- ދިވެހި ލިޔުންތެރިކަމުގެ ތިން ދައުރުގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ ކޮންކަމަކުން ހެއްޔެވެ؟
ޖ. ލިޔުންތައް އިބާރާތް ކޮށްފައި ހުންނަގޮތުންނެވެ. / ޢިބާރާތްކުރުމުންނެވެ.

7- ލިޔުންތައް ޗާޕްކުރަންފެށީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ. އެއީ ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގައެވެ.

8- ލިޔުންތެރިކަމުގެ ފިރުކެންފެށި ދައުރުގެ ތިން ޚިދުމަތްތެރިއެއްގެ ނަން ލިޔާށެވެ!
ޖ. ނާއިބުތުއްތު، ހުތްއަލިދީދީ، ޙުސައިން ޞަލާހުއްދީން

9- ދިވެހިބަހުން އެންމެ ފުރަތަމަ ލިޔުނު ދިގު ވާހަކައަކީ ކޮބައިހެއްޔެވެ؟ އަދި އެފޮތުގެ މުސައްނިފަކީ ކޮބައިހެއްޔެވެ؟
ޖ. ރިވާޔަތު މޫސާ ވަޒުލައިޚާއެވެ. ލިޔުއްވީ އަޙުމަދު ކާމިލް ދީދީއެވެ.

10- ކީރިތި ރަސޫލާގެ ސިޔަރަތު / ސީރަތުއް ނަބަވިއްޔާ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ ކޮން ބޭފުޅެއް؟
ޖ. އައްޝައިޚް ޙުޞައިން ޞަލާޙުއްދީނެވެ.

11- ތިންބަހާއި ހަބަހުގެ މައްޗަށް ރައިވަރުގެ ހަމަ ހިފެހެއްޓެވީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އެހަމަތަކަށް ފައްތައިގެން އެންމެ ފުރަތަމަ ލިޔެވުނު ރައިވަރު ފޮތުގެ ނަމަކީ ކޮބާ؟
ޖ. އެދުރު އުމަރު މާފަތްކަލޭފާނެވެ. ފޮތުގެ ނަމަކީ ބޮޑު ތައުހީދެވެ.

12- ރައިވަރުގެ ހަމަތައް ތިންބަހާއި ހަބަހުގެ މައްޗަށް ހިފެހެއްޓެވުމުގެ ކުރިން ރައިވަރު ހުންނަނީ ކިހިނެއްހެއްޔެވެ؟
ޖ. އޭގެ ކުރިން ރައިވަރު ހުންނަނީ ބައިބަޔަށެވެ. ބަސްތަކުގެ އަދަދަކަށް ވަކިވަރެއް ނޯވެއެވެ. އެމީހަކަށް ފެންނަވަރަކަށް ބަސްތައް ހިމަނަމުން ދިޔައީއެވެ.

13- ރައިވަރަކީ ޒަމާނުއްސުރެ ދިވެހީންގެ ހިތުގައި ވަރަށް ޚާއްސަ ގަދަރަކާއި ލޯތްބެއް އެއަށް ދެވިފައިވާ އެއްޗެކެވެ. ނަމަވެސް އެކަން ކުޑަވެގެން ދިޔަ ދުވަސްވަރެއް އައެވެ. އެހެންވީ ކީއްވެ ހެއްޔެވެ؟
ޖ. އެއީ އެއްބަނޑު އެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންގެ މެދުގައިކިޔަން ހެޔޮނުވާ ފާޑުގެ ރައިވަރުތައް (ބެރެކި ރައިވަރުތައް) ހަދައިގެން ކިޔަން ފެށީމައެވެ.

14- ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގައި ހިނގާފައިވާ ޚާއްސަ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރާށެވެ!
ޖ. އެއީ ލިޔުންތެރިކަން ފުޅާވެ ތަނަވަސްވެ، ލިޔުންތައް ޗާޕުވެގެން ނުކުންނަމުން ދިޔަ ދުވަސްވަރުވެސް މެއެވެ. އަދި އަދީބުންނާއި ޝާއިރުންނާއި މުޤައްރިރުން އުފެދުނު ދައުރެވެ.

15- ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތިން ބޭފުޅެއްގެ ނަންލިޔޭ!
ޖ. މުޙައްމަދު އަމީން، މުޙައްމަދު ޖަމީލް ދީދީ. އިބްރާހީމް ޝިހާބު

16- ސުއްކަތުރާ ޚަބަރު، ސިއްކަމޮހޮރީ، މޮފޮތްތަކުގެ މުޞައްނިފަކީ ކޮންބޭފުޅެއް ހެއްޔެވެ؟
ޖ. ނާއިބު ތުއްތުއެވެ.

17- ދިވެހިބަހުން އެންމެ ފުރަތަމަ ލިޔެވުނު ބަހުގެ ގަވާއިދު ފޮތަކީ ކޮބާ؟ އަދި އެފޮތުގެ މުސައްނިފަކީ ކޮންބޭފުޅެއް؟
ޖ. ތަގްވީމުއްލިސާނި އެވެ. ލިޔުއްވީ ނާއިބު ތުއްތުއެވެ.

18- ދިވެހި ކާބަފައި އަދީބުންގެ ލިޔުއްވުންތަކަށް ބަލާއިރު، މިޒަމާނުގެ ވައްތަރު ފުރަތަމައިން ފެންނަންފެށީ ކޮންބޭފުޅެއްގެ ލިޔުއްވުންތަކަކުން ހެއްޔެވެ؟
ޖ. ނާއިބު ތުއްތުގެ ލިޔުއްވުންތަކުންނެވެ.

19- "ޒުހުރުލް ކަމާލާތި ފީ އަޙްކާމިލް އިބާދާތި" މިފޮތުގެ މުސައްނިފަކީ ކޮން ބޭފުޅެއްހެއްޔެވެ؟
ޖ. އަލްޙަތީބު ޢަލީ އެދުރު ތަކުރުފާނެވެ.

20- "ތުހުފަތުލް ވުލާތު" މިފޮތް ލިޔުއްވީ ކޮން ބޭފުޅެއް ހެއްޔެވެ؟
ޖ. އައްޝައިޚް އަހްމަދު ހާޖީ އެދުރު ކަލޭގެފާނެވެ.

21- އައްޝައިޚް އަޙްމަދު ޙާޖީ އެދުރުކަލޭފާނު، ދުޢާތަކާއި ޒިކުރުތަކެއްގެ މައްޗަށް އެކުލެވޭ ފޮތެއް 1133ހ ހާތާނގައި އެކުލަވައިލެއްވިއެވެ. އެ ފޮތުގެ ނަމަކީ ކޮބައިހެއްޔެވެ؟
ޖ. ތުޙުފަތުލް ވުލާތި ފިލް އަޒްކާރި ވައްދަޢުވާތިއެވެ. (ތުޙުފަތުލް ވުލާތި)

22- ބޮޑުތައުހީދުގައި ހުރީ ކޮންކަހަލަ ވާޙަކަތަކެއް ހެއްޔެވެ؟
ޖ. އެފޮތުގައިވަނީ ޤިޔާމަތް މަޙުޝަރުގެ ވާހަކައާއި މަލާއިކަތުންގެ ވާހަކައެވެ.

23- ޖުމްލަތަކުގެ ނިމުން ހުށި، މެއަ، ފަދަ އަކުރުތަކަށް ނިންމާފައިހުރީ ލިޔުންތެރިކަމުގެ ކޮން ދައުރެއްގައި ހެއްޔެވެ؟
ޖ. ލިޔުންތެރިކަމުގެ ޅަފަތުގެ ދައުރުގައެވެ.

24- ދިވެހި ބަހުގެ ލިޔުންތެރިކަމަށްބަލާއިރު ކުރީގެ ލިޔުންތަކާއި މިޒަމާނުގެ ލިޔުންތަކާހުރި މުހިންމު 3 ތަފާތެއް ލިޔޭ!
ޖ. 1. މިޒަމާނުގެ ލިޔުންތަކުގައި ބޯދާބަސްތައް ނެތުން
2. މިޒަމާނުގެ ލިޔުންތަކުގެ ޖުމްލަތައް ކުރުކަން





ކިޔުމުގެ ދޭހަ

ކިޔުމުގެ ދޭހައަކީ ލިޔުމަކުން ކޮށްފައިވާ ސުވާލުތައް ދީފައިވާ ދޭހައިގެ އެހީގައި ޖަވާބު ދިނުމެވެ. 
ތިރީގައި އެވަނީ ގުރޭޑް 9ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކިޔުމުގެ ދޭހައެކެވެ. 

ދޭހައިގެ ލިޔުން: 

ބޮލުގައި އަޅާފައި ތިއޮތީ މޭޒުގައި އަޅާ ފޮތިގަނޑެއްތަ؟ " ކްލާސް ކުއްޖެއް"
ޅޮހީ ޢަބްދުއްރަޙީމު މަނަދޫގެ
1. ސުކޫލުބަންދަށްފަހު އަލުން ސްކޫލަށްދެވޭ ދުވަހަކީ ކޮންމެ ކުއްޖަކުވެސް ވަރަށް އުފާވާނެ، ހަނދާނުން ފުހެލަން ދަތިވާނެ ދުވަހެކެވެ. އަހަރެންވެސް މިކަމުގައި އެއްވެސް  ތަފާތެއް ނެތެވެ. އެކަމަކު އަހަރެން މިފަހަރު ހަމަ އެކަނި އާ ތަޢުލީމީ އަހަރެއް، އާ ސްކޫލެއްގައި ފަށަނީއެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގެ އާ ޞަފްޙާއެއްވެސް އަހަރެން ފަށަނީއެވެ.  އެއީ އަހަރެން މެދު މަދަރުސީ ތަޢުލީމުގެ ހަމައެކަނި ފެށުމެއްނޫނެވެ. ހަމައެޔާއެކުގައި އަހަރެން  ބޮޑުވެ، ތަޞައްރަފު ފުދިފައިވާ އަންހެންކުއްޖެއްގެ ދައުރުވެސް ފަށަނީއެވެ.
2. ހޯމަ ދުވަހުގެ ހެނދުނު އަހަރެން ސުކޫލަށް ދިޔުމަށް ޓަކައި ހޭލައިފީމެވެ. ސްކޫލަށް ދާހިތުން އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. ހީވަނީ ބަނޑުގައި ކޮކާ އުދުހޭ ހެންނެވެ. މިހާރު މިއޮތީ އަހަރެން އިންތިޒާރުކުރި ބޮޑު ދުވަސް އައިސްފައެވެ. އަހަރެން އަވަހަށް ހެދުން އަޅާލައިފީމެވެ. އަދި އަހަރެން ފަޚުރުވެރިކަމާއެކު އަހަރެންގެ ލޯބިލޯބި ކަޅު ބުރުގާ ނަގައި ބޮލުގައި އަޅާލީމެވެ. ލޯގަނޑަށް ބަލާލުމުން އަހަރެންނަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. އުފަލުން އަހަރެން ފުރުނު ކަހަލައެވެ. ސްކޫލުގެ އާ އަހަރު، އާ ބުރުގާއަކާއެކު، އަހަރެންނަށް އަހަރެން ފެންނަނީ ވަރަށް އުއްމީދީކޮށެވެ. މަންމައަށް ސަލާމްކުރުމަށްފަހު ހިނގައިގަތުމުން މަންމަ އަހަރެންނަށް ލޯބި ކޮށްލުމަށްފަހު އެޔޮދުޢާކޮށް ދިނެވެ.
3. އެހާ ފަތިހާ ހޭލުމާއެކު ވެސް އަހަރެންނަށް ސްކޫލަށް ދެވުނީ ގަޑި ޖެހިގެންނެވެ. އަވަސް އަވަހަށް ފުރަތަމަ ގަޑިއޮތް ކްލާހާ ދިމާއަށް ދުއްވައިގަތީމެވެ. އެތައް އިރެއްގެ މަސައްކަތުން އަހަރެންނަށް ސައިންސް ކުލާހާ ހިސާބަށް ދެވިއްޖެއެވެ. ކުށްވެރިއެއްފަދައިން ކުލާހަށް ބޯ ދިއްކޮށްލައި، ބަލައިލީމެވެ. ކުލާހުގައި ހުރިހާ ކުދިންވެސް  ވަރަށް މަޑުމައިތިރި ކަމާއެކު އިށީނދެ ތިއްބެވެ. ކުލާހުގައި ހުންނެވި މުދައްރިސް ވަރަށް އޯގާތެރިކަމާއެކު ބޭނުން ތަނެއްގައި އިށީނުމަށް އިޝާރާތް ކުރެއްވިއެވެ. އަވަސް އަވަހަށް ހުސްގޮނޑިޔަކަށް ހޯރައެއް އައިނަކަށް ޖެހިގަންނަހެން ޖެހިގަތީމެވެ.
4. އިށީނުމަށްފަހު މުދައްރިސް ދައްކަވަމުން ގެންދެވި ވާހަކަ ފަރުވާތެރިކަމާއެކު އަޑު އެހޭތޯ މަސައްކަތް ކުރަން ފެށީމެވެ. އެވަގުތު ބައެއްކުދިން ވައިއަޑުން ވާހަކަތަކެއް ދައްކާ އަޑު އިވެންފެށިއެވެ. އަދި ކޮންމެވެސް ވަރަކަށް ހޭއަޑުވެސް އިވެން ފެށިއެވެ. އެކުދިން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދީ އަހަރެން ބެލީ މުދައްރިސް  ދައްކަވަމުން ގެންދެވި ވާހަކަތަކަށް ސަމާލުކަން އިތުރުކުރެވޭތޯއެވެ. ފަހަތުގައިތިބި ދެކުދިން ދައްކަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް އަޑުއިވެންފެށިއެވެ. " އޭނާގެ ބޯމަތީގައި އެ އޮތީ މޭޒުމަތީގައި އަޅާ ފޮތިގަނޑެއްތަ؟ ނޫނީ އަތްފޮހޭ ތުވާއްޔެއްތަ؟" ދެންއިން ކުއްޖާ އެޔަށް ޖަބާބުދޭން ފެށިއެވެ. " އާން ވެދާނެ. ދެން ހާދަ ހަޑިޔޭދޯ" އެވަގުތު އެކުދިންނާ އެހެން ކުދިންވެސް މަޑުމަޑުން ބައިވެރިވާކަން އެނގުނެވެ. އަހަރެންނަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ލޮލުން ކަރުނަ ނިރާލިއެވެ. ހިފަހައްޓައި ލެވުނީ ހަމަ ކިރިޔާއެވެ. މުދައްރިސަށް ކަރުނަތައް ފޮރުވުމަށް ޓަކައި އަހަރެން އިސްދަށަށް ޖެހީމެވެ. އަހަރެންނާމެދު އެކުދިން އެވިސްނަނީ ކޮންގޮތަކަށް ކަމެއް އަހަރެން ނަކަށް ނުވިސްނުނެވެ. އަހަރެންގެ ލޯބިލޯބި އާ ބުރުގާ ހަމަ އެހާ ހަޑީ ހެއްޔެވެ؟ މުސްލިމު އަންހެން ކަނބަލުންގެ ފަޚުރެއް ކަމުގައި ދެކޭ ބުރުގާއަކީ އެހާ ދަށް އެއްޗެއްކަމުގައި އެކުދިން އެދެކެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ބޮޑަށް ވިސްނާވަރަކަށް އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަކަރުނަ ތިކިތަކާއެކު ހިތުގައި އުތުރި ގަތީ ރުޅިވެރިކަމެވެ. މި ސުވާލުތަކާއެކު އަހަރެންގެ ސިކުނޑި އޮޅުން ބޮޅުންވާގޮތް ވިއެވެ. ކޮންމެގޮތެއްވިޔަސް އަހަރެން މިދުނިޔެއާ ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ. އެކަމަކު އަހަރެން ކުލާސް ނިމެންދެން އިނީ އިސްޖަހައިގެންނެވެ. ފަހުގަޑި ނިމެންދެންވެސް އިނީ މިހާލުގައެވެ. ނިމޭ ރަނގަބީލު ހަމަ ޖެހުމުން، މަންމަގެ ޙިމާޔަތުގެ އަތުތެރެއަށް ވަނުމަށް ޓަކައި އަހަރެން ދުއްވައިގަތީމެވެ.
5. އަހަރެން އެ ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދިނީމެވެ. އޯގާތެރިކަމާއެކު މަންމަ އަހަރެންގެ ބަސްތައް އަޑުއެހުމަށްފަހު އަހަރެންނަށް ނަސޭޙަތްދޭން ފެށިއެވެ. އަހަރެންގެ ދިރިއުޅުމުގައި އަހަރެން އުޅެންޖެހޭނީ ފަރުވާތެރިކަމާއެކުގައި ކަމަށް ބުންޏެވެ. ބޮޑުމީހަކަށް ވެގެން މުޖުތަމަޢަށް ނިކުތުމަކީ ފަސޭހަކަމެއްނޫންކަމަށް ބުނަމުން މަންމަ ކިޔައި ދިނެވެ. މީހުން ދަރިފުޅަށް މަލާމާތްކޮށް ހީނ، މަލާމާތްކޮށް، ބަލައި އަދި ދިމާކޮށްވެސް ހަދާނެއެވެ. އެކަމަކު ދަރިފުޅު ޤަބޫލުކުރާގޮތުގައި ހިފެހެއްޓުމުން މީހުން ހަމައެކަނި ދަރިފުޅު ބަލައިގަންނާނީއެއް ނޫނެވެ. ދަރިފުޅުގެ އަމިއްލަ ނަފުސަށް ދަރިފުޅު އިޙްތިރާމް ކުރާފަދައިން އެމީހުން ދަރިފުޅަށް އިޙްތިރާމްވެސް ކުރާނެއެވެ. ބުރުގާއަޅައިގެން، މުސްލިމުން ނޫޅޭ ޤައުމެއްގައި ތިޔަ ވިހުރުވެނީ މާތް ރަސޫލާ ގެނެސްދެއްވި މަތިވެރި އިސްލާމްދީނުގެ ދިދައެވެ. ތިޔަ ސާބިތުކޮށްދެނީ، އިސްލާމްދީނުގެ ފުރިހަމަކަމާއި އެދީނުގައި އަންހެނުންނަކީ ކިހާ މުހިއްމު ބައެއްކަމެވެ. އިސްލާމްދީނުގެ ހުޅުދާންކޮޅެއްނެތް ޤައުމެއްގައި، ދަރިފުޅަށް ތިޔަ ރޯކުރެވެނީ އިސްލާމްދީނުގެ އަލި ދަންމަރެވެ.
6. މި ބަސްތަކުން އަހަރެންނަށް ހިތްވަރު ލިބުނެވެ. އަހަރެން އިސް އުފުލައި ލީމެވެ. ބުރުގާ އެޅުމުގައި އޮތީ ހަމަ އެކަނި ދެއްކުންތެރި ކަމެއް ނޫންކަމާއި އެއީ އެއަށްވުރެ މަތިވެރި މާތް މަޤުޞަދެއްގައި ކުރެވޭ ކަމެއްކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. އަހަރެންނަށް މަލާމާތްކޮށް، ހީނ ހަދާ ކުދިންނަކީ، އިސްލާމްދީނަށް ނިސްބަތްނުވާ، އިސްލާމްދީން ނުދަންނަ ކުދިންނެވެ. އަހަރެންގެ ސަބަބުން އެކުދިންނަށް އިސްލާމްދީނުގެ މަޢުލޫމާތުތައް ލިބޭނެއެވެ. ކުޑަ ދުވަސްކޮޅަކަށް އަހަރެންނަށް ދަތިތަކެއް ކުރިމަތި ވެދާނެއެވެ. އެކަމަކު ދުވަސްކޮޅަކުން އެ ހުރިހާކަމެއްވެސް ހަމައަކަށް އެޅި، ހުރިހާ ކަމެއް ހަމަޖެހިދާނެއެވެ.
7. ޖެހިގެން އައި ދުވަހު ހެނދުނު ހޭލުމަށްފަހު އަހަރެން ސްކޫލަށް ދާން ތައްޔާރުވެ، އަހަރެންގެ އާ ހުދު ބުރުގާ އަޅައިލީމެވެ. ލޯގަނޑުން ބަލައިލީމެވެ. އަހަރެންނަށް މިކަން ކުރެވޭނެކަމަށް އަމިއްލައަށް ޢަޒުމު ކަނޑައެޅީމެވެ. އަހަރެންގެ ހިތުގައިހުރި ކަންބޮޑުވުންތައް، މަންމަގެ އޯޤާތެރި ބަސްތަކާއި މާތް ރަސޫލާގެ ސުންނަތުން ފިލުވައިދީފިއެވެ. އެދުވަހު އަހަންނަށް އެއްކަމެއް ޔަޤީވިއެވެ. އެއީ ކޮންމެކަމެއްެވެސް ގަދައަޅައި މަސައްކަތްކޮށްފިނަމަ ކުރެވޭނެކަމެވެ.
8. މިހާރު އަހަރެންގެ ކޮލެޖުގެ ކިޔެވުންވެސް މިނިމެނީއެވެ. ފަޚުރުވެރި ކަމާއެކު ކޮންމެ ދުވަހަކުވެސް ބުރުގާ އެބައަޅަމެވެ. ހަމަ އެންމެ ކުރީދުވަހެކޭ އެއްގޮތަށެވެ. ފުރަތަމަ ދުވަހު އަހަރެންގެ ބުރުގާއަށް މަލާމާތްކޮށް ހެދި، ކުދިންނަކީ މިހާރު އަހަރެންމެގެ މި ބުރުގާޔަށް ރުހި، ޤާބޫލު ވެފައި ތިބި ގާތް އެކުވެރިންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ހުއްޓެވެ. އަހަރެންގެ މަސައްކަތަށް އެކަލާނގެ ތައުފީޤު ދެއްވައިފިއެވެ.

މަތީގައިވާ ދޭހައިގެ ލިޔުން ކިޔުމަށްފަހު ސުވާލުތަކުގެ ޖަވާބު ލިޔާށެވެ.
1. ލިޔުންތެރިޔާ، އޭނާގެ ދިރިއުޅުމުގެ އާ ޞަފްޙާއެއް ފަށަނީ ކަމަށް ބުނަނީ ކީއްވެ؟ (2މާރކްސް)
............................................................................................................................................................
............................................................................................................................................................

2. ލިޔުންތެރިޔާ އުއްމީދުކުރި ބޮޑު ދުވަހަކީ ކޮބައި؟ (1 މާރކްސް)
............................................................................................................................................................
............................................................................................................................................................
3. އޭނާ ކުށްވެރިއަކު ފަދައިން ކުލާހަށް ބޯ ދިއްކޮށްލައި، ބަަލައިލީ ކީއްވެ؟ (1މާރކްސް)
............................................................................................................................................................
............................................................................................................................................................
4. އޭނާ ފުރަމަތަ ދުވަހު ކުލާހަށް ވަތްއިރު، ކުލާސްތެރޭގައި ކަންތައް ހުރިގޮތް އެއްޖުމްލައިން ލިޔާށެވެ. (2މާރކްސް)
............................................................................................................................................................
............................................................................................................................................................
5. އޭނާ ދެރަވެ، ހިތުގައި ޖެހުނީ ކީއްވެ؟ (2މާރކްސް)
............................................................................................................................................................
............................................................................................................................................................
6. ލިޔުންތެރިޔާ ފުރަތަމަ ދުވަހުގެ ފުރަތަމަ ކްލާސް ނިމެންދެން އިސްދަށަށް ޖަހައިގެންއިނީ ކީއްވެ؟ (2މާރކްސް)
............................................................................................................................................................
............................................................................................................................................................
..
7. މަންމައަކީ ޙިމާޔަތުގެ އަތެއްކަމަށް ލިޔުންތެރިޔާ މާނަކުރަނީ ކީއްވެގެންކަން އަމިއްލަ ޢިބާރާތުން ލިޔޭ! (2 މާރކްސް)
............................................................................................................................................................
............................................................................................................................................................
8. އޭނާ ޤަބޫލުކުރާގޮތުގައި ހިފެހެއްޓުމުން ކުރާނެ ފައިދާ ތަކެއްކަމަށް މަންމަ ބުނާ ކަންތައް ތަކަކީ ކޮބައި؟ (2 މާރކްސް)
............................................................................................................................................................
............................................................................................................................................................
9. " ކޮންމެގޮތެއް ވިޔަސް އަހަރެން މިދުނިޔެއާ ދުނިޔެއާ ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ" ލިޔުންތެރިޔާ މިހެން މިހެން މި ބުނަނީ ކީއްވެގެންކަން އަމިއްލަ ޢިބާރާތުން ބަޔާންކުރޭ! (3 މާރކްސް)
............................................................................................................................................................
............................................................................................................................................................

10. ލިޔުންތެރިޔާ ކިޔަވަންދިޔަ ކޮލެޖަކީ އިސްލާމީ ކޮލެޖެއް ނޫންކަން ހާމަކޮށްދޭ ޖުމުލައަކީ ކޮބައި؟ (1މާރކްސް)
............................................................................................................................................................
............................................................................................................................................................
11. ފުރަތަމަ ސްކޫލު ހުޅުވޭ ދުވަހު އޭނާ އުފާވާކަން އަންގައިދޭ ޖުމުލަ ލިޔާށެވެ. (1 މާރކްސް)
............................................................................................................................................................

12. މަންމަގެ ނަސޭހަތުން އޭނާއަށްކުރި ފައިދާއަކީ ކޮބައި؟ (1 މާރކްސް)
............................................................................................................................................................
............................................................................................................................................................
13. " އިސްލާމްދީނުގެ ހުޅުދާންކޮޅެއް ނެތް ޤައުމެއްގައި ދަރިފުޅަށް ތިޔަ ރޯކުރެވެނީ އިސްލާމްދީނުގެ އަލި ދަންމަރެވެ." މި ޖުމުލައިގައި އެ ބުނާ ވާހަކަތައް އަމިއްލަ ޢިބާރާތުން ބަޔާންކުރާށެވެ. (3 މާރކްސް)
.................................................................................................................................................................................................................................................................................................................................
14. ތިރީގައިވާ ލަފުޒުތަކުގެ މާނަ ލިޔާށެވެ. (2 މާރކްސް)
* ނިރާލުން: ...................................... * ދަންމަރު: .............................................
* ޙިމާޔަތް: ....................................... * ދަތި: ................................................
15. ތިރީގައިވާ ލަފުޒުތަކާ ގުޅޭ މާނަ ދޭހައިގެ ލިޔުމުން ހޯދާށެވެ. (2 މާރކްސް)
* ބޭނުންވެގެން އެކަމަކަށް އެދިއެދި ހުރި: (ޕެރެގުރާފު: 2) ..................................
* އަޑުގަދަ ނުވާވަރަށް ސިއްރު ސިއްރުން (ޕެރެގްރާފު:4):   ....................................
*  އެއްވަމުން: (ޕެރެގްރާފު:4): ............................................................
*  އަންގައިދެނީ/ ދައްކައިދެނީ (ޕެރެގްރާފު:5): ................................................