ގްރެފިކް އޯގަނައިޒަރ
ތަރައްޤީވެ ކުރިއަރަމުން އަންނަ ޤައުމުތަކުގެ ބޮޑެތި
ސުކޫލުތަކުގައި، އުނގެނުމާއި އުނގަންނައިދިނުމުގައި ގްރެފިކް އޯގަނައިޒަރއަކީ
މިހާރު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެވެމުން އަންނަ އުނގެނުމުގެ
އެހީއެކެވެ. ޕީޓަރ ޖީ.ކޯލ.އެންޑް ލޯނަރ ކޭ.އެސް.ޗޭން (1994) އޭނާގެ ފޮތެއްކަމަށްވާ
"ޓީޗިން ޕްރިންސިޕަލް އެންޑް ޕްރެކްޓިސް ސެކަންޑް އެޑިޝަން" ގައި ގުރެފިކް
އޯގަނައިޒަރ އާއި ބެހޭގޮތުން ބުނެފައިވަނީ ގްރެފިކް އޯގަނައިޒަރ އަކީ ވަކި މަޢުލޫމާތެއް،
ތަސްވީރެއް ނުވަތަ ޗާރޓެއްގެ ގޮތުގައި ކުދިންނަށް ފަސޭހައިން ދޭހަވާނޭގޮތަށް
ދެއްކުމަށްޓަކައި ބެނުންކުރާ ކިޔަވައިދިނުމުގެ އެހީއެއް ކަމަށެވެ.
ތިރީގައި މިވަނީ ގުރޭޑް 8 ގެ ދަރިވަރުންނަށް ދިވެހި
ޅެމުގެ ބައިތަކާއި އަދަބީބަސް ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގްރެފިކް
އޯގަނައިޒަރ އެކެވެ.



No comments:
Post a Comment